ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 6 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުފުރާއަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކަނޑައެޅިފައިވާ ޝިޔާރުތަކަކީ "ޗާލު ދިވެހިރާއްޖެ-އަމާން ދިވެހިރާއްޖެ" އަދި "ޕޮލިސް ލައިފް"އެވެ. ދިރާގުގެ އެހީތެރިކަމާއެކު ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތު ކުރިއަށްދާނީ ސްޓޭޑިއަމް ޓާފް ދަނޑާދިމާލުގައި ހުންނަ އިސްކަންދަރު ކޮށި 2 ގައި ހުންނަ ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ އޮފީހުންނެވެ. މިދިޔަ މަހުގެ 26 ގައި ހުޅުވާލާފައިވާ މިމުބާރާތަށް ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޯގަސްޓް 26 އެވެ. މިމުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ވަނީ އަގުހުރި އިނާމްތަކެއް ކަނޑައެޅިފައެވެ. އަދި ޕޯސްޓް އޮފީހާއި ޕޮލިސް ފެމެލީ އެސޯސިއޭޝަން ގުޅިގެން ވަނަވަނައަށް ހޮވޭ ކުރެހުންތައް އެކުލެވޭ ސްޓޭމްޕް ސެޓެއް ނެރޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިމުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9792719 އަށެވެ. ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ފެކްސް ނަންބަރަކީ 3303544 އެވެ. ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޕޮލިސް ކްލަބް ގުޅިގެން ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ މެމްބަރުންނަށް އަމާޒުކޮށްގެން ބެޑްމިންޓަން ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި
ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޕޮލިސް ކްލަބް ގުޅިގެން ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ މެމްބަރުންނަށް އަމާޒުކޮށްގެން ބެޑްމިންޓަން ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި އިފްތިތާޙު ކުރެވުނު މިޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް ޢަލީ ޢާމިރެވެ. މިރަސްމިއްޔާތުގައި ޕޮލިސްކްލަބްގެ ރައީސް ސްޕްރިންޓެންޑެންޓް އަޙުމަދު މުނީރު އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ވައިސް ޗެއާރޕާރސަން އަލްފާޟިލް ފަރުހާދު ފިކުރީ އާއި ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ އިސްވެރިންނާއި މިޓްރެއިނިންގ ޕްރޮގްރާމުގެ ބައިވެރިންވެސް މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި ޕޮލިސްކްލަބް އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ފެއްޓެވީތީ އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށާއި މިޕްރޮގްރާމް ސިލްސިލާ ޕްރޮގްރާމެއް ގޮތުގައި ކުރިއަށް ގެންގޮސް ދެއްވައި ފުލުހުންނަކީ ބެޑްމިންޓަންގައިވެސް ފާހަގަ ކުރެވޭފަދަ ކާމިޔާބެއް ހޯދާ ބަޔަކަށްވުމަށް އުއްމީދު ކުރައްވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ޕޮލިސް ފެމިލީއެސޯސިއޭޝަންގެ ވައިސް ޗެއާރޕާރސަން އަލްފާޟިލް ފަރުހާދު ފިކުރީއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޕޮލިސް ފެމެލީ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފި
މިއަހަރުގެ އުފާވެރި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މިމުބާރާތުގައި 18 އަހަރުން ދަށުގެ ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ބައިވެރިވެވޭނެއެވެ.
ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމްކުރާ މިމުބާރާތް ސްޕޮންސަރކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި އަދި ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ނަންބަރު 9172979 ފޯނަށް ގުޅުއްވުމުން އެފަރާތްތަކަށް އެމަޢުލޫމާތުތައް ސާފުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.