ފުލުހުންގެ 76 ވަނަ އަހަރީ ދުވަހާއި ގުޅިގެން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބާއްވާ މުނިފޫހިފިލުވުމުގެ ޚާއްޞަ ޝޯވ ގެ ސްޕޮންސާ ހޯދަން ބޭނުންވެއްޖެ
ޕޮލިސް ފެމެލީ އެސޯސިއޭޝަން(ޕީއެ.އެފް.އޭ) އަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް އަދި އެބައިމީހުންނަށް ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި ޢަމަލީގޮތުން ޙިއްސާވުމުގެ މާތް މަޤުޞަދުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ގޮތަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. ޤައުމީ، އިޖްތިމާއީ ރޫޙް އާލާކުރުމާއި، އެއްބައިވަންތަކަމާ ހޭލުންތެރިކަން އިތުރުކުރުމާއެކު، ޤައުމަށް ދިމާވާ ޙާލަތްތަކުގައި އެހެންވެސް އެން ޖީ އޯ ތަކާއި، ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީވެސް ޕީ.އެފް އޭ ގެ މަޤްޞަދެކެވެ.
ދިވެހި ފުލުހުންނަކީ ގިނަވަގުތު އެބައި މީހުންގެ ޢާއިލާތަކާއި ވަކިން ދިވެހިރައްޔިތުންނާއި ރާއްޖޭގެ އަމަން އަމާންކަމާއި ޤައުމީ ސަލާމަތްކަން ރައްކާތެރިކުރުމުގެ މަތިވެރި ޤައުމީ އަދާކުރަމުން އަންނަ ބަޔަކަށް ވާއިރު، ފުލުހުންނާއި އެބައިމީހުންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ބަޔަކު ތިބުމަކީ ޤައުމީ ވާޖިބު އަދާކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.
މިގޮތުން ފުލުހުންގެ 76 ވަނަ އަހަރީ ދުވަހާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބާއްވާ މުނިފޫހިފިލުވުމުގެ ޚާއްޞަ ޝޯވ މި ފެށޭ އޭޕްރީލް މަހުގެ 2 އަދި 3 ގައި ޕީ.އެފް އޭ އިން އިންތިޒާމްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ގުޅުން ބަދަހިކޮށް، އެކުވެރިކަމުގެ ވަގުތުކޮޅެއް ހޭދަކުރުމަށް ރާވާ އިންތިޒާމް ކޮށްފައިވާ ޝޯވ އެކެވެ. އަދި މިޝޯވ ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި ދީލަތި ފަރާތްތަކެއްގެ އެހީތެރިކަން ނުލިބި ކުރިއަށް ދިއުމަކީ ޕީ.އެފް.އޭ ފަދަ އަލަށް ވުޖޫދަށް އައިސް އުޅޭ ބަޔަކަށް ވަރަށްވެސް ދަތިކަމެކެވެ.
ވީމާ، މިޝޯވ ހިގަމުންދާވަގުތު ކޯޕަރޭޓިވް އައިޑެންޓިޓީ އިޝްތިހާރު ކުރައްވަން ބޭނުންފުޅު ވެލައްވާ ފަރާތްތަކުން ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ޑައިރެކްޓަރ އެޑްމިނިސްޓްރޭޝަންސް އަލްފާޟިލް ޢަލީ ޝާޒްލީ (ފޯން.9996238 ) އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
ފުލުހުންގެ 76 ވަނަ އަހަރީ ދުވަހާއި ގުޅިގެން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބާއްވާ މުނިފޫހިފިލުވުމުގެ ޚާއްޞަ ޝޯވ ގެ ސްޕޮންސަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 6 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުފުރާއަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކަނޑައެޅިފައިވާ ޝިޔާރުތަކަކީ "ޗާލު ދިވެހިރާއްޖެ-އަމާން ދިވެހިރާއްޖެ" އަދި "ޕޮލިސް ލައިފް"އެވެ. ދިރާގުގެ އެހީތެރިކަމާއެކު ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތު ކުރިއަށްދާނީ ސްޓޭޑިއަމް ޓާފް ދަނޑާދިމާލުގައި ހުންނަ އިސްކަންދަރު ކޮށި 2 ގައި ހުންނަ ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ އޮފީހުންނެވެ. މިދިޔަ މަހުގެ 26 ގައި ހުޅުވާލާފައިވާ މިމުބާރާތަށް ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޯގަސްޓް 26 އެވެ. މިމުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ވަނީ އަގުހުރި އިނާމްތަކެއް ކަނޑައެޅިފައެވެ. އަދި ޕޯސްޓް އޮފީހާއި ޕޮލިސް ފެމެލީ އެސޯސިއޭޝަން ގުޅިގެން ވަނަވަނައަށް ހޮވޭ ކުރެހުންތައް އެކުލެވޭ ސްޓޭމްޕް ސެޓެއް ނެރޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިމުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9792719 އަށެވެ. ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ފެކްސް ނަންބަރަކީ 3303544 އެވެ.